Advertisement

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެއެއްގެ ހާލަތު ---

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ފެންބޮޑުވުމާއި ގުޅިގެން 5 ގޭބިސީއެއްގެ 34 މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަނީ

މާލެއަށް މިއަދު ވެހުނު ބޯވަރޭގައި ފެންބޮޑުވުމުގެ ސަބަބުން ދިރިނޫޅެވޭ ވަރުވި، 5 ގެއެއްގެ 34 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީން ވިދާޅުވީ، ރެޕިޑް އެސެސްމަންޓްއިން ދިރިއުޅެން ދަތިވެފައި ވާކަމަށް، ފާހަގަކުރެވުނު 9 ގެއެއްގެ ތެރެއިން 5 ގެއެއްގެ 34 ފަރާތެއް ބަދަލުކުރުމަށް ނިންމާ ވަގުތީބޯހިޔާވަހިކަން ހަމަޖައްސައިދިނުމެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރާ ގޭބިސީތަކުގެ މީހުންނަކީ، އެމީހުން ދިރިއުޅެމުން ދިޔަ ތަންތަނުގައި ފެން ބޮޑުވުމުގެ ސަބަބުން ފާޚާނާ ކުރުމަށް ބުރޫ އަރައި، ނަޖިސް ލީކުވުމުގެ މައްސަަލަތައް ހިނގާފައިވާ ތަންތަން ކަމަށެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ވަގުތީބޯހިޔާވަހިކަމާއެކު ކެއިންބުއިންވެސް ހަމަޖައްސައިދެވޭނެ ކަމަށާއި، އަދި މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ދަނީ ހަމަޖައްސައިދެމުން ކަމަށެވެ. 

މީގެ އިތުރުން މުދަލާއި ތަކެތި ސަލާމަތް ކުރުމަށް މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ވަނީ ޖަހާފައި ކަމުގައިވެސް އެންޑީއެމްއޭ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.