Advertisement

ހުކުރު ދުވަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެފައި --

14 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު މާލޭގައި ފެންބޮޑުވެ ލިބުނު ގެއްލުން 1.1 މިލިއަނަށް އަރާ: އެންޑީއެމްއޭ

މިދިޔަ ހުކުރު ދުވަހު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 1.1 މިލިއަނަށް ވުރެ ބޮޑުކަމުގައި ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، (އެން.ޑީ.އެމް.އޭ)އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއެމްއޭއިން ވިދާޅުވީ، އެދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 227 ގެއަކަށް ފެންވަަދެ ގެއްލުންތައް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޯކޮށްވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބުނު، 20 ގެއެއްވެސް ހިމެނޭ ކަމަށެވެ. އަދި 18 ގެއެއްގެ 110 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރެވުނު ކަމަށާއި، ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން 78 ގޭބިސީއެއްގެ އެސެސްމެންޓް ހެދުމަށް ނިންމައި އޭގެ ތެރެއިން 53 ގޭބިސީއެއްގެ އެސެސްމެންޓް ނިމިފައިވާ އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ވިއްސާރަ އާއި ގުޅިގެން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗާއި، ސްޓްރަކްޗަރަލް ގެއްލުންތަކުގެ އަގު، 1،111،842.50ރ (އެއްމިލިޔަން އެއްލައްކަ އެގާރަހާސް އަށްސަތޭކަ ސާޅީސްދެ ރުފިޔާ ފަންސާަސް ލާރި)އަށް އަރާކަމަށެވެ. އަދި އެސެސްމެންޓް ހެދުނު ގެތަކަށް ކާރިސާތަކުަގއި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ އުޞޫލުގެ ތެރެއިން އެހީގެ ގޮތުގައި، 711،541.70ރ (ހަތްލައްކަ އެގާރަހާސް ފައްސަތޭކަ ސާޅީސް އެއްރުފިޔާ ހަތްދިހަ ލާރި)ދިނުމަށް ނިންމާފައިވަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ޖުމުލަ ގެއްލުމުގެ %20އަށް ވާ، 100،075.20ރ (އެއްލައްކަ ހަތްދިހަ ފަސްރުފިޔާ ވިހި ލާރި) އާއި ސްޓްރަކްޗަރަލް ގެއްލުންތަކަށްދޭ 611،466.50ރ (ހަލައްކަ އެގާރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ ފަންސާސް ލާރި) ކަމުގައި އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ގާތްގާތުގައި ފެންބޮޑުވުމުގެ ދެ ހާދިސާއެއް ހިނގުމާއި ގުޅިގެން ގޭބިސީތަކަށް ލިބުނު ގެއްލުންތައް ބޮޑުކަމަށް ވަނީ ފާހަގަކުރެވިފައި ކަމަށާއި، ސްޓްރަކްޗަރަލް ގެއްލުންތައް އެންމެ ބޮޑަށް ލިބިފައިވާ ގެތަކުގެ މައުލޫމާތު އެއްކޮށް ކަމާއި ބެހޭ މުއައްސަސާތަކަށް ހިއްސާކުރާނެ ކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.