Advertisement

ހިޔާގެ 11 ވަނަ ޓަވަރުގެ 11 ފްލޯގެ 11 ވަނަ އެޕާޓްމެންޓްގައި އަލިފާނުގެ ހާދިސާ ހިނގި ކޮޓަރި --

23 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ހިޔާގެ 11 ވަނަ ޓަވަރުގެ 11 ވަނަ ބުރީގެ 11 ވަނަ އެޕާޓްމެންޓްގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ ހިޔާގެ 11 ވަނަ ޓަވަރުގެ 11 ވަނަ ބުރީގެ 11 ވަނަ އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮޓަރި ދިރި ނޫޅެވޭވަރަށް ހަލާކުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، ހުޅުމާލޭ ހިޔާ ފްލެޓް 11-11-11 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮޓަރިއަށް  ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އަލިފާނުގެ މިހާދިސާގައި އެކޮޓަރީގައި ހުރި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޓްވީޓް --

އެހެން ނަމަވެސް އަލިފާނުގެ މިހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން މީޑިއާއަށް ހާމަކޮށްފައި ނުވާތީ، ހާދިސާގެ ތަފްސީލެއް ނުލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.