Advertisement

ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި ---

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބޯކޮށް ވާރޭވެހި މިއަދު ފެންބޮޑުވި ނަމަވެސް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނެތް

މިއަދުވެސް މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވި ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެ ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ކޮށްފައިނުވާކަމުަގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީ ވިދާޅުވީ، ފެންބޮޑުވުމާއި ގުޅިގެން ވެލިބަސްތާ ޖެހުމަށް އެހީތެރިކަމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށާއި، ސިފައިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާން ފެށުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ މަގުތަކުން ފެންހިންދުމުގެ މަސައްކަތާއި، ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައެވެ. އަދި މިހާރު މާލޭގެ އެކި ސަރަހައްދުތަކުން ފެންގަނޑުތައް ހިންދާލެވިފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިރުމަތިން އިންޑިއާކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ދަތުރުކުރަމުންދާތީ، މި ތިންދުވަހުވެސް ރާއްޖެއަށް މޫސުމް ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ މީހުން ވަގުތީ ހިޔާވަހިކަމަށްވެސް ބަދަލުކުރަން ޖެހުނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.