Advertisement

ސިފައިން މާލޭގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި --

13 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ވުރެ ގިނައިން އިއްޔެ މާލެއަށް ވާރޭ ވެހުނު

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި އިއްޔެ މާލެއަށް ވާރޭ ވެހުނު މިންވަރު، އެންމެ ފަހުން މާލޭގައި ފެންބޮޑުވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ވުރެ އިތުރު ކަމުގައި މޫސުމާއި ބެހޭ އިދާރާއިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެއަކީ މިފަހުގެ ތާރީޚުގައި އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނު ދުވަހެވެ. އިއްޔެ މާލެއަށް މާލެއަށް 159.3 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، މާލެ ފެންބޮޑުވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލެއަށް ވެހުނީ 118.2 މިލިމީޓަރުގެ ވާރެއެވެ.

އިއްޔެ ހެނދުުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެ، ފިހާރަތަކާއި ގޭގެއަށް ވަދެ ގެއްލުންތައް ލިބުނެވެ.

ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވި އިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕްތައް ބަހައްޓައިގެން ޖުމުލަ، 27449 ޓަނުގެ ފެން މާލޭގެ މަގުތަކުން ބޭރު ކުރެވުނު ކަމަށާއި، 176 ގެއެއްގައި ވެލިބަސްތާތައް ޖަހައި ދެވުނު ކަމުގައި އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަދު މާލެ ސަރަހައްދަށް އާއްމުގޮތެއްގައި މޫސުމް ރަނގަޅުވި ނަމަވެސް، މިއަދުވެސް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ނިމުތުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.