Advertisement

ސިފައިން މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

09 May 2024
މޫސުމް
ޢަލީ ސުލައިމާން

މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވުމާއި ގުޅިގެން ސިފައިން ފެންހިންދުމުގެ މަސައްކަތް ފަށައިފި

މިރޭ މާލެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މިރޭ އިރާކޮޅުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާފަންނުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިރޭ މާލެއަށް ކުރިވިއްސާރައި، ބާރަށް ގުގުރުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތްވެސް ކެނޑިގެން ދިޔައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، މިރޭގެ 23:00 އިންފެށިގެން، ފަތިހު 5:00 އާއި ހަމައަށް، ރ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ހަމައަށް މިރޭގެ މެންދަމު 2:30 އާއި ހަމައަށް ވަނީ، ޔެލޯ އެލާޓް ނެރެފައެވެ.

ކުރިޔަށް އޮތް ދެދުވަހުވެސް ރާއްޖެއަށް މޫސުމް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.