Advertisement

އިންޖީނު ހުއްޓުނު މުދާ އުފުލާ ދޯނި އެހެން ދޯންޏެއްގައި ކަފު ޖަހައިގެން ގެންދަނީ -- ފޮޓޯ: އެމްއެންޑީއެފް

05 Aug 2024
ޚަބަރު

ކަނޑުމަތީގެ ގިނަ ހާދިސާ ތަކެއް ހިނގި ރެއެއް، 6 ހާދިސާއެއް ވަނީ ހިނގާފައި

މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުމް ގޯސްވެ ކަނޑު ގަދަ ވުމުގެ ސަބަބުން ރޭގައި 6 ހާދިސާއެއް ހިގާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި އެންމެ ގިނަ ހާދިސާތަކުގެ ރިޕޯޓްތައް ލިބިފައި ވަނީ ތ. އަތޮޅާއި ލ. އަތޮޅުންނެވެ. މިގޮތުން، 9 ފަތުރުވެރިންނާ 5 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީ  ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވުމުގެ ހާދިސާއެއް ރޭ ވަނީ ހިނގާފައެވެ.  އެ ހާދިސާގެ ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ 01:10 ހާއިރު ކަމަށާއި، މިހާރު އެސަފާރީގައި ތިބި މީހުން ތިބީ ތިމަރަފުށީގެ ގެސްޓްހައުސްއެއްގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެ އިތުރުން ރޭ ވަނީ، ބާޖެއް ކަފުޖަހައިގެން ދަތުކުރި ޓަގުބޯޓެއްގެ ވައު ކަނޑައިގެން ދިޔުމުގެ ހާދިސާއެއް ހިނގައި، އެބާޖު ތ. ގުރައިދޫ ގޮނޑުދޮށަށް ލައްވެފައެވެ. މިހާދިސާ ހިނގާފައި ވަނީ، ރޭގެ 2:54 ގައެވެ.

ރޭ ވަނީ ކަނޑު ގަދަވުމުގެ ސަބަބުން ދޯނި ފަހަރު ދިޔަވުުމުގެ ތިން ހާދިސާ އަކާއި، އިންޖީނު ހުއްޓުމުގެ އެއް ހާދިސާއެއް ރިޕޯޓްކޮށްފައެވެ. މިގޮތުން، 10 މީހުންނާއި އެކު ދަތުރުކުރި، ސައުތު އެކްސްޕްރެސް ދޯންޏެއް، ދިޔަވަމުންދާކަމަށް ރޭގެ 2:48ގައި ރިޕޯޓު ލިބުނު ކަމަށާއި، މިއަދު ހެނދުނު 9:00 ހާއިރު އެ ދޯނި ލ. މާމެންދޫ ފަޅަށް ވައްދާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ފިޝްމަން' ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވާކަމަށް ރޭ ފަތިހު 03:20 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި، އެދޯނި ލ. ހިތަދޫ ބަދަރަށް ވައްދާދީފައި ވާކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން ދިޔަވަމުން ދިޔުމުގެ ހާދިސާއެއް ރޭ ވަނީ، ފ އަތޮޅުންވެސް ރިޕޯޓުކޮށްފައެވެ. އެމްއެންޑީއެފް ވިދާޅުވީ، 80 ފޫޓްގެ ފާގަަތި ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުމުގެ އެހާދިސާގައި އެދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އޭނާ ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެެވެ. މި ދޯނި ދިޔަވަމުންދާކަމުގެ ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ފަތިހު 5:00 ހާއިރުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކަނޑުމަތީގެ ހާދިސާތަކުގެ ތެރެއިން، ރޭ ވަނީ ދޯންޏެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއެއްވެސް ހިނގާފައެވެ. އެމްއެންޑީއެފުން ވިދާާޅުވީ، 6 މީހުންނާއެކު ދަތުރުކުރި ' ބިނާ ކާގޯ' ކިޔާ ސަޕްލައި ދޯންޏެއް ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީން ހުއްޓި ދިޔަވަމުންދާކަމަށް ރޭގެ 02:43 ހާއިރު ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެދޯންޏަށްވެސް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ރޭގައި ހިނގާފައި ވާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮތީ އިއްޔެ އާއި މިއަދުވެސް އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މިގޮތުން ކޮޅުމަޑުލާއި ހައްދުންމައްޗާއި ހުވަދު އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައި ވާއިރު، ވިލާގަނޑުގަިއ ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.