Advertisement

02 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

އަމީނީ މަގުގެ އިތުރު 2 ސެގްމަންޓެއްގައި ތާރުއަޅަން ފަށައިފި

ޒަމާނީ ފެނަވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ދެ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނީ މި 2 ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރޭގައިކަމަށެވެ.

އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނީ، އަމީނީ މަގުގެ ސެގްމެންޓު އަށެއް އަދި ނުވައެއްގައި ތާރު އަޅަން މިހާރު ފަށާފައިވާ ކަމަށެވެ

މި ދެ ސެގްމެންޓުގެ މަސައްކަތުގެ ދަށުން ތާރު އަޅަނީ ރަށްދެބައި ހިނގުމާ ހިސާބުން ފެށިގެން މާފަންނު ސްޓޭޑިއަމްގެ އިރު އުތުރު ކަންމައްޗާހަމައަށެވެ

އަމީނީ މަގުގެ މަސައްކަތް ނިމޭ ވަރަކުން އެބައިތައް އަންނަނީ އާންމުންނަށް ހުޅުވާލަމުންނެވެ. އެގޮތުން، އަމީނީމަގު ބިލަބޮންގް ސްކޫލާ ހަމައަށް މިހާރު ވަނީ ހުޅުވާލާފަ އެވެ

އަމީނީ މަގަކީ މީގެކުރިން އަޑިގުޑަންތަކާއި ހެދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވެފައިވާ މަގެކެވެ. ނަމަވެސް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ސަބަބުން މަގު ބޭނުންކުރާ މީހުންނަށް ވަނީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންގޮސްފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.