Advertisement

ވިލިމާލެ މަގުތައް ހެދުމަށް ސާރވޭ އާއި ޑިޒައިން ކުރުމުގެެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުން --

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާރވޭކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ވިލިމާލޭގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި ކުރަންޖެހޭ، ސަރވޭތައް ކުރުމާއި މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުއްޠަލިބު ވިދާޅުވީ، ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ ސަރވޭގައި ބަލާނީ މަގުތަކުގެ ހާލަތާއި، މަޝްރޫޢަށް ހިނގާނެ ޚަރަދުކަމުަގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގުތައް ފަރުމާކުރެވޭނީ، ޖުމުލަ ގޮތެއްގައި މަގުތަކުގައި މެދުވެރިވާ މައްސަލަތަކަށް ހައްލެ ހޯދޭނެ ގޮތަށް، ކަރަންޓާއި ފެނާއި ނަރުދަމާގެ ހޮޅިތަކާއި، ކޭބަލްތައް އެޅޭނެ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވިލިމާލެގެ މަގުތަކުގެ ސަރވޭ މަސައްކަތާއި، ޑިޒައިން އަދި އީއައިއޭގެ  މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ، 1.79 މިލިޔަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވިލިމާލެއަކީ މާލެއާ މުޅިން ވަކިން އޮންނަ ރަށަކަށް ވާއިރު، ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެކެވެ. ޚާއްޞަ ހުއްދައެއް ދެވިފައިވާ އުޅަނދުތައް ފިޔަވައި ވިލިމާލޭގައި ދުއްވާ ހުރިހާ އުޅަނދެއްވެސް ވާންޖެހެނީ ފޮސިލްފިއުލް ބޭނުން ނުކުރާ އުޅަނދު ތަކަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.