Advertisement

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި ---

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަމީނީ މަގުގެ މަސައްކަތް ނިންމައި ހޮނިހިރު ދުވަހު ހުޅުވާލަނީ

އަމީނީ މަގުގެ އެންމެ ފަހުބައިގެ މަސައްކަތް ނިމި އާއްމު ދަތުރުފަތުރަށް އެމަގު ހޮނިހިރު ދުވަހު ހުޅުވާލާނޭ ކަމުގައ ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމެންޓް 12 އަދި 13ގައި ތާރުއަޅައި ނިމިފައިވާ ކަމަށެވެ. އަދި އެމަގުގެ އިއްޒުއްދީން މަގާއި އަމީނީ މަގު ގުޅޭ ޖަންގްޝަނާއި، ކަނބާ އައިސާ ރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން މާދަމާ ހެނދުނު 6:00 އިން ފެށިގެން އާއްމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.

އަދި މުޅި މަގު އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލްގެ ބަސް ހުއްޓިހާއި ހަމައަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު، 6:00 އިން ފެށިގެން ކަމުގައިވެސް އެމިނިސްޓްރީން ވަނީ  ވިދާޅުވެފައެވެ.

އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ރޯޑް ކޯޕަރޭޝަނުން ފަށާފައި ވަނީ، އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން މަސައްކަތް ހުއްޓާލާފައި އޮތުމަށްފަހުގައި 9 ޑިސެންބަރު 2023 ގައެވެ.

މުޅި އަމީނީ މަގު، 13 ސެގްމެންޓަކަށް ބަހާލައިގެން، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުގެ ބަޖެޓުން ވަނީ 84 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.