Advertisement

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

28 Feb 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ފުލުހުންގެ ކޮމާންޑަރުން ތަމްރީންކުރަން ފަށައިފި

މާރޗް މަހުގެ 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަސައްކަތްކުރާ ފުލުހުންގެ ކޮމާންޑަރުން ތަމްރީނުކުރަން ފަށައިފިއެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަން ގުޅިގެންނެވެ. ފުލުހުން ވިދާޅުވީ މި ތަމްރީނުތަކުގެ ތެރެއިން މަޖިލިސް އިންތިޚާބާ ބެހޭ ޤާނޫނާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާއި އިލެކްޝަންސްގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

ކުރީގެ އިންތިޚާބުތަކުގެ މަޢުލޫމާތާއި ވޯޓުލުމާއި ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މަޢުލޫމާތު މި ތަމްރީނު ޕްރޮގުރާމުގައި ހިއްސާކުރައްވާނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ކުރީ އިންތިޚާބުތަކުގައި ދިމާވެފައިވާ މައްސަލަތަކާއި ވޯޓުލުމުގެ ޙައްޤު އޮންނަ ކޮންމެ ރައްޔިތަކަށް އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރައްވާނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަނީ މި ޚިދުމަތުގެ މުދައްރިބުންނާއި އިލެކްޝަންސް ކޮމިޝަނުގެ ކަމާގުޅޭ މުދައްރިބުންކަމަށް ފުލުހުން ވިދާޅުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.