Advertisement

ހަނިމާދޫ އިންޓަރނޭޝަލް އެއާޕޯޓުގެ ޓަރމިނަލް -- ފޮޓޯ: ނޫން.އެމްވީ

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފި

ހަނިމާދޫ އެއާޕޯޓުން ފުރަން ގޮސް ހުރި ފަސިންޖަރަކު އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކި މައްސަަލައިގައި ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަަމަށެވެ. އަދި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ހަނގުރާމަވެރި ހަތިޔާރު އަތުގައި ހުރިކަމަށް ބުނެ އިންޒާރުދީ ބިރު ދެއްކުމަކީ، ޓެރަރިޒަމްގެ ކުށުގެ ޢަމަލުތަކަށް ފެތޭ ކުށެކެވެ. މީގެ ކުރިންވެސް އެގޮތަށް އިންޒާރުދީ ބިރުދެއްކި ބައެއް މީހުން ހައްޔަރުކޮށް އަދަބުދީފައި ވެއެވެ،

މިދިޔަމަހު ކުޅުދުއްފުށީ އެއާޕޯޓުން ފުރަން ދިޔަ އަންހެނެއްގެ ދަބަސް ސްކޭންކުރި އިރު އެ އަތްދަބަހުން ވަޒަނެއް ފެނުނު މައްސަލައިގައި އަންހެން މީހާއާ ސުވާލުކޮށް އެމައްސަލަ ތަޙްޤީޤުކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.