Advertisement

ފުލުހުންގެ މައި އިދާރާ --

13 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިމާރާތެއްގެ މަތިން ވެއްޓުނީ އިންޑިއާ މީހެއް، ހާލު ސީރިއަސް: ފުލުހުން

މިއަދު މާލޭގައި އުސް ޢިމާރާތެއްގެ މަތިން ވެއްޓުނު މީހާއަކީ، އިންޑިއާ މީހެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، އެމީހާ ވެއްޓިފައި ވަނީ މާލޭ ޗާނދަނީ މަގަށް ވާގޮތަށް ހުރި އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ކަމަށާއި ސިޑި ގޮޅިން އޭނާ ވެއްޓިފައި ވަނީ އިމާރާތުގެ އެންމެ ތިރިއަށް ކަމަށެވެ.

މިއަދު 10:30 ހާއިރު ހިނގި މިހާދިސާގައި ޒަޚަމްވި މީހާއަކީ، 20 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ. އެހެން ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމީހާވެއްޓުނީ އޭސީގެ މަސައްކަތެއް ކުރުމަށް އުޅުމުގެ ތެރޭގައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހާދިސާ ހިނގިގޮތް ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.