Advertisement

ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާދިއްތަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުމުގެ މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަތައް ބަލަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ހިނގައި ދިޔަ ހަމަނުޖެހުންތައް ފުުލުހުންގެ ޚިދުމަތުން ބަލަން ފަށާފައި ވަނީ، މަޖިލީހުގެ އިދާރާއިން އެކަން ފުލުހުންނަށް ހުށައެޅުމުން ކަމަށެވެ. އަދި އެދުވަހުގެ ހަމަނުޖެހުންތަކުގައި އަނިޔާ ލިބުނު ބޭފުޅުންގެ ފަރާތްޕުޅުންވެސް މައްސަލަތައް ހުށައަޅުއްވާފައިވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ނާފިޒް ވިދާޅުވީ، ހުށައެޅިފައިވާ މައްސަަލަތަކުގެ ތެރޭގައި، މެމްބަރުންނަށް އިންޒާރުދީ ބިރުދެއްކުމުގެ މައްސަލަތައްވެސް ހިމެނޭ ކަމަށާއި، ފުލުހުންގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށް ދިނުމަށްވެސް މެމްބަރުން ހުށައަޅުއްވާފައިވާކަމަށެވެ. އެހެންވެ މެމްބަރުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމުގައި ނާފިޒް ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގައި ހަމަނުޖެހުންތައް ހިންގާފައި ވަނީ، ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ހުރަސް އެޅުމުންނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި، މެމްބަރުންގެ މެދުގައި މާރާމާރީވެސް ވަނީ ހިނގާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.