Advertisement

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދު

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ސްކޭމްތަކުގައި 150 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިފައި : ފުލުހުން

އޮންލައިންކޮށް ހިންގާފައިވާ ސްކޭމްތަކުގައި މީހުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް އަރާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ހަވީރު އިސްކަންދަރުކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދު ވިދާޅުވީ، ސްކޭމްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށައެޅޭ އިރު، އެކި އެކި ގޮތްގޮތުން ސްކޭމްތަކުން މީހުންގެ އަތުން ގެއްލުނު ފައިސާގެ ޖުމުލަ އަދަދު 150 މިލިޔަނަށް އަރާކަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްކޭމްތަކުގެ ތެރެއިން ރައްޔިތުންގެ އަތުން ގެއްލިފައި ވާއިރު އޭގެ ތެރެއިން އަނބުރާ ހޯދުނީ މިލިޔަނެއްހައި ރުފިޔާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ޢަބުދުﷲ ރަޝީދު ވިދާޅުވީ، ފުލުހުންނަށް އެކިއެކި ސްކޭމްތަކުގެ ތެރެއިން މީހުންގެ އަތުން ފައިސާ އަތުލުމުގެ 28 ހާހަށްވުރެ ގިނަ މައްސަލަ ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ހުށައެޅިފައިވާ ކަމަށެވެ. ޢަބުދުﷲ ރަޝީދު ވިދާޅުވީ، ސްކޭމްތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ސްކޭމްތައް ހިންގާ މީހުންވެސް އެމީހުން ބޭނުން ކުރާ އުކުޅުތައްވެސް ބަދަލު ކުރަމުން އަންނަ ކަމަށެވެ. އަދި ސްކޭމްތައް ހިންގާފައިވާގޮތަށް ބަލާއިރު، މީހުންގެ ބޭންކް އެކައުންޓްތަކުގެ ކޮންޓްރޯލް ހޯދައިގެން އެ އެކައުންޓުތަކުގައި ހުންނަ ފައިސާ ނަގާފައިވާ މައްސަލަތައްވެސް ހުށައެޅިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މިގޮތުން އެފަދަ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މި ނިމުނު 2023 ވަނަ އަހަރުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވަނީ ސްކޭމްތަކުގެ ސަބަބުން އާއްމު ރައްޔިތުންގެ އަތުން ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީ އެކަމުގައި ގިނަ ގޮންޖެހުންތަކެއް އޮތް ކަމެއް ކަމުގައިވެސް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.