Advertisement

އެކްޓިންގ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސްޕްރިންޓެންޑެންޓް އަޙްމަދު ނާފިޒް --

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ޙަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކްޓިންގ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސްޕްރިންޓެންޑެންޓް އަޙްމަދު ނާފިޒް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް މިއަދު ހެނދުނުދިން ހަމަލާއަކީ ފުލުހުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހި ފުލުހުންގެ ޚިދުމަތުން ވަރަށް ސީރިއަސް ކަމާއިއެކު ބަލާނެ މައްސަލައެއްކަމަށާއި އެމައްސަލައިގެ އެންމެ ފުނަށް ވާޞިލްވުމަށް ފުލުހުންނަށް ލިބިހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ނާފިޒް ވިދާޅުވީ، އެހަމަލާ އާއި ގުޅިގެން، އެހަމަލާދިން މީހުން އައިޑެންޓިފައި ކުރުުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަދި ތަހްޤީޤާއި ގުޅޭ ގޮތުން ތަޙްޤީޤުގެ މިހާ ކުރީކޮޅު އިތުރު ތަފްސީލް ދިނުމަކީ އުނދަގޫ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.