Advertisement

ސޯލާ ޕެނަލްތަކަށް އެކްސިޑެންޓްގެ ސަބަބުން ގެއްލުންތައް ލިބިފައި --- ފޮޓޯ: ނޫން

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކުގައި ކާރަކުން ޖެހި ގެއްލުންވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ކާރެއް ހައިވޭ ހަތަރުލޭން ސަރަހައްދުގައި ޖަހާފައި ހުރި ސޯލާޕެނަލްތަކުގައި ޖެހި ގެއްލުންތައް ވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހުކުރު ވަގުތުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާނީ، މިއަދުގެ މެންދުރު 12:31ގައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މިއެކްސިޑެންޓްގައި ސޯޕާޕެނަލްތަކަށާއި ކާރަށް ގެއްލުންތައް ވަނީ ލިބިފައެވެ. އެނގިފައިވާ ގޮތުގައި ކާރު ސޯލާޕެނަލްތައް ޖަހާފައިވާ ދަގަނޑުތަކުގައި ޖެހިފައި ވަނީ، ކޮންޓްރޯލު ނުވެގެން ގޮހެވެ.

ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓްގެ މައްސަލަ މިހާރު ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
މާލޭގެ މަގުތައް މަތިން ބައު އުޅަނދުތައް ނަގަންފަށައިފި
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެމަސައްކަތް ހޮނިހިރު ދުވަހު ފަށާފައި ވަނީ، އެކައުންސިލާއި، ފުލުހުންގެ އިދާރާއިން ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާަފައިވާ ގޮތުގައި މާލޭގެ މަގުތައް މަތީގައި އަދި ޕާކިން ޒޯނުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުފަހަރު މަގުމައްޗަށް ދޫކޮށްލާފައި އެބަހުއްޓެވެ. އެހެންވެ އެތަކެތި ނަގައި މަގުތައް ސާފު ކުރުމަކީ، ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށްވެސް އެކަމުން ފަސޭހަތައް ލިބިގެންދާނެކަމެއްކަން ސިޓީކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.
22 Sep 2024
ޚަބަރު
ކުދި ޤައުމުތަކަށް ދަރަނި ލުއިކޮށްދޭން ރައީސް ގޮވާލައްވައިފި
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
22 Sep 2024
ޚަބަރު
މަސްތުވާތަކެއްޗާއި އެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ، ވެހެތާނުގެ، ޢަބްދުﷲ ޞާދިޤު (65އ)އެވެ.
22 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އދ، މައި ހެޑްކުއަރޓަޒް ހުންނަ އެމެރިކާގެ ސިޓީ ނިއުޔޯކަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނިއުޔޯކުން މަރުޚަބާ ވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދެވެ.