Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

12 Oct 2023
ޚަބަރު

ބްރިޖް މަތިން ބާރަށް ދުއްވާނަމަ ފުލުހުން މެސެޖް ފޮނުވަނީ

ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ސިނަމާލެ ބްރިޖްގައި ދުއްވާ ފަރާތްތަކަށާއި، ދުއްވަމުން ޤަވާއިދާ ޚިލާފަށް ލޭން ބަދަލު ކުރާފަރާތްތަކަށް ފުލުހުން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމަވައިފިއެވެ.

މިމެސެޖްގައި ބްރިޖްގައި ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށާއި، ޤަވާއިދާޚިލަށް ލޭން ބަދަލު ނުކުރުމަށްއެދިފައިވާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޤަވާއިދާއި ޚިލާފުވާކަން ދެނެގަންނާނީ ބްރިޖު ސަރަހައްދުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް ބޭނުންކޮށްގެން ކަމަށެވެ. އެސަރަހައްދުގައި މިހާރުވެސް ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި އަބަދުވެސް ހަރަކާތްތެރިވަމުންދެއެވެ. އަދި ބާރަށް ދުއްވާ ފަރާތްތައް ހުއްޓުވައި ކަނޑައަޅާފައި އޮންނަ މިންގަނޑަށް ދުއްވުމަށް ފުލުހުން ނަސޭހަތްތެރިވަމުންއާދެއެވެ.

ފުލުހުންގެ ނަސޭހަތުގެ މިމެސެޖު ދާނީ ސައިކަލު ނުވަތަ އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ މޯބައިލް ނަމްބަރަށެވެ.

އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފޮނުވާ މެސެޖުގައި ދުއްވި ތާރީޚާއި ގަޑި އެނގޭނެހެން ޤަވާއިދާ ޚިލާފުވެފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިކަން މިގޮތަށް ކުރަން ޖެހުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ބްރިޖުން ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ނުރައްކާތެރި އެކްސިޑެންޓްތައް ބްރިޖް މަތީގައި ހިނގާ މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.