Advertisement

ފައިލް ފޮޓޯ: ސޯސަލް މީޑިއާ

28 Sep 2023
ޚަބަރު

ފުލުހުންގެ ފްލެޓްތައްވެސް ނިމި ހަވާލުކުރަން ތައްޔާރު!

ފުލުހުންގެ ޕޮލްކޯ ފްލެޓްތައް ނިމި އެތަންތަން ހަވާލުކުރަން ތައްޔާރުވެއްޖެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލުހުންނަށް ޚާއްސަކޮށް ތަރައްޤީކުރާ ޕޮލްކޯ ޕްލެޓްތައް ނުނިމިވަނީ ދިގުލައިގެން ގޮސްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލުހުންނަށް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވަނީ 361 ފްލެޓެވެ. މި ފްލެޓްތަކުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި މިމަސައްކަތް ނުނިމި ލަސްވެފައި އޮތުމަކީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. ގިނަ މައްސަލަތަކެއް ފެންމަތިވި މި ފްލެޓްތަކުގެ މަސައްކަތް މި ސަރުކާރުން އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކުރައްވައިގެންވަނީ ނިންމާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިހާރު މަސައްކަތް ނިމި ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. ފުލުހުންގެ ފްލެޓްތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއުލާންކުރައްވާފައެވެ. އެހެންކަމުން އެ ބަދަލާއެކު އެގްރިމަންޓްތައް އެކުލަވާލާ ފުލުހުންނަށް ފްލެޓް ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޕޮލްކޯ ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ޢާއްމުކޮށް ބޮޑެތި ޢަދަދުތަކުން އެފަރާތްތަކުންވަނީ ފްލެޓަށް ފައިސާ ދައްކާފައެވެ. އެފަރާތްތަކުގެ ޝަކުވާ ތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ގްރޭސް ޕީރިއަޑް މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން 12 މަސްދުވަހަށް ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި މަޝްރޫޢާއެކު އެމްއެންޑީއެފްގެ ފްލެޓްތަކުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ. އެފްލެޓްތައް މިހާރުވަނީ ފްލެޓް ލިބުނު ފަރާތްތަކަށް ޙަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ސިފައިންގެ ސިފްކޯ ހިޔާގެ 330 ފްލެޓް ވަނީ ތަރައްޤީކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.