Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސް --

04 Dec 2023
ޚަބަރު
ނޫން

އައްޑޫގައި ހިނގި މާރާމާރީ އާއި ގުޅިގެން ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ޝަރީއަތް ނިމެންދެން އެހަތަރު މީހުންވެސް ބަންދުގައި ބޭތިއްބުމުގެ އަމުރުދީފައިވާ ކަމަށެވެ.

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ހިނގި މާރާމާރިއާ ގުޅިގެން ފުލުހުން އިއްޔެ ވަނީ އައްޑޫ ސިޓީ ހިތަދޫއިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ. މިއެންމެންނަކީވެސް ދިވެހި ފިރިހެނުންކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ވެސް ވަނީ ދެގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި، ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ޒަޚަމްކޮށްލާފައިވާ ޒުވާނާގެ ހާލު ސީރިޔަސްކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
23 Sep 2024
ޚަބަރު
މަލްޓިލެޓަރަލް ނިޒާމަކީ ޢަމަލީ ގޮތުން ބޭނުން ހިފޭ ނިޒާމަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި
މިގޮތުން، ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމެވެ. ދެވަނައަށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެއްވި އިރު، ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަޞީލަތްތަކުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
23 Sep 2024
ޚަބަރު
މިސަރުކާރު ވެރިކަމަށް އައިފަހުން 4000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބު މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައި ވަނީ، މިއަހަރުގެ ޖޫންމަހުގައެވެ.
23 Sep 2024
ޚަބަރު
ގެއްލުނު 32000ރ ގެ އަގުހުރި ފޯނެއް ފުލުހުން ހޯދައިދީފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭ ދީދީ ގޯޅި ތެރޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓްތެރޭގައި މީހަކަށް ހަނދާންނެތި ބޭއްވުނު ފޯނު ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، މިމަހުގެ 21 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެރިޕޯޓާއި ގުޅިިގެން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، އެ ފޯނު ގެންދިޔަ މީހާ ހޯދައި، އެފޯނު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
22 Sep 2024
ޚަބަރު
ސްރީލަންކާގެ އައު ރައީސަށް ރައީސް ޑރ. މުއިއްޒު ތަޙްނިޔާ ވިދާޅުވެއްޖެ
އެމަނިކުފާނަށް މަރުޙަބާ އާއު ތަޙްނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސްރީލަންކާގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭ ކަމުގައި އުއްމީދުކުަރައްވާ ކަމަށެވެ.