Advertisement

ެއދ. ދިގުރަށް

04 Dec 2023
ޚަބަރު
ނޫން

ވިހޭ ދަރިފުޅު މަރާލުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި ލަންކާމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ވިހޭ ތުއްތު ދަރިފުޅު މަރާލައި، ކުނިކޮތަޅަކަށް ލައި އެއްލާލި ލަންކާ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ އަންހެންމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުން ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެެހެއްޓުމުގެ އަމުރުދީފައިވާ ކަމަށެވެ.

އދ. ދިގުރަށުގައި ގެސްޓްހައުސެއްގައި ވަޒީފާ އަދާކުރަމުން ދިޔަ އެއަންހެންމީހާ ވިހާފައިވަނީ އާދީއްތަ ވިލޭރޭގައެވެ. އަދި އޭނާ ވަނީ ވިހޭދަރިފުޅު ކަޅު ޑަސްބިންގ ބޭގަކަށްލުމަށްފަހު، ކުނިގޮނޑަށް އެއްލާލާފައެވެ. އެމައްސަލަ ފެންމަތިވީ ކުނި ވަކިކުރުމުގެ މަސައްކަތް ކުރި މީހުންނަށް ކޮތަޅުތެރޭގައި އޮތް މަރުވެފައިވާ ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުމުންނެވެ.

ވިހޭ ދަރިފުޅު މަރާލުމުގެ ތުހުމަތުގައި ފުލުހުން ލަންކާ އަންހެންމީހާ ހައްޔަރު ކުރީ، އޭނާ ލަންކާއަށް ފުރައިގެން ދިޔުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައިސް ހުއްޓައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ބަލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.