Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

16 Oct 2023
ޚަބަރު

ބްރިޖްގައި ޤަވައިދާ ހިލާފަށް ދުއްވައިގެން 1 ދުވަސްތެރޭ 120 މީހަކަށް މެސެޖް

ސިނަމާލެ ބްރިޖުގައި ގަވައިދާ ހިލާފަށް ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން މިއަދުގެ އެވަގުތާ ހަމައަށް ބްރިޖުގައި ގަވައިދާ ހިލާފަށް އުޅަނދު ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާނެ ކަމަށެވެ.

ސިނަމާލެ ބްރިޖުގައި ދުއްވުން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ކެމެރާތައް މެދުވެރިކޮށް ދެނެގަނެ، އުޅަނދު ދުއްވި ބާރުމިން އެނގޭ ގޮތަށް، އެ އުޅަނދެއް ވެރިއަކަށް މެސެޖު ފޮނުވަން ފެށީ އިއްޔެއެވެ.

އުޅަނދުތައް ދުއްވާ ބާރު މިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނާނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތަކުގެ ޒަރިއްޔާއިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ހިދުމަތުން ވިދާޅުވީ ފުލުހުންގެ ނަސޭހަތުގެ މިމެސެޖު ދާނީ ސައިކަލު ނުވަތަ އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ މޯބައިލް ނަމްބަރަށެވެ. އަދި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފޮނުވާ މެސެޖުގައި ދުއްވި ތާރީޚާއި ގަޑި އެނގޭނެހެން ޤަވާއިދާ ޚިލާފުވެފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުން ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަން ވެސް ފުލުހުންވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.