Advertisement

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު --

18 Sep 2024
ޚަބަރު

ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދީ ތަޙްޤީޤަށް އެކަން މުހިއްމު ކަމަށް ނުފެންނާތީ: ފުލުހުން

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ ޕޯސްޓް މޯޓަމް ނުހަދައި ވަޅުލީ، އޭނާގެ މަރުގެ މައްސަލައިގައި ޕޯސްޓް މޯޓަމް ހެދުން މުހިއްމު ކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގައި އަނބުރައި ރަށަށް ފޮނުވައި ހަށިގަނޑު ވަޅުލީ، ޕޯސްޓް މޯޓަމް ހެދުން މުހިއްމުކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައެވެ. އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްޤީޤުތައް އަދިވެސް ކުރިޔަށްދާކަމަށާއި ތަޙްޤީޤުގެ ބޭނުމަށް ފުލުހުން އެރަށުގަިއ ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވައި ފެނުނީ، މިސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އޭނާގެ ކަރުގައި ޒަޚަމެއް ހުރި އިރު އޭނާވެއްޓިފައި އޮތް ތަނުގައި ތޫނު އެއްޗެއް އޮތް ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.