Advertisement

ފުލުހުންގެ އިދާރާ ---

18 Sep 2024
ޚަބަރު

މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލައި އަދި އޭނާ ލައްވައި މަސްތުވާތަކެތި ވިއްކުވުމުގައި ސިފައިންގެ ދެމީހުން ބައިވެރިވި: ފުލުހުން

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލައި، އަދި އޭނާލައްވައި މަސްތުވާތެކެތި ވިއްކުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ގުރޫޕުގައި ސިފައިންގެ ދެމީހަކުވެސް ހިމެނޭ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ދެމީހުންނާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ޙިއްޞާކޮށްފައި ވާނޭ ކަމަށެވެ. އަދި އެމީހުންނާއި މެދު އެއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނީ އެ އިދާރާއިންކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިމައްސަލައިގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ރ. ކަނދޮޅުދޫ، މެހުރާ، އަލީ ސާމީ، (25އ)، އާއި ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދު، (18އ)، އާއި ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނަހުޝާން ހުސެއިން، (21އ)، އާއި، ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާޙް، (23އ)، އަދި ލ. ގަން، ތުނޑި ލިންކް، އަހުމަދު ޒަޔާން، (24އ) އެވެ. މި މީހުންގެ ތެރެއިން ނަފާޙް އާއި ޒަޔާންއަކީ، އެމްއެންޑީއެފްގެ އޮފިސަރުންނެވެ.

ޝިފާއު ވިދާޅުވީ، އެމީހުން، ރަހީނުކޮށްގެން ގެންގުޅެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. މިގޮތުން އެމީހާގެ ވާތުފައިގެ ކުޑަވައި އިނގިލީގެ ދެވަނަ ބަދަ އާއި ހިސާބުން އިނގިލި ބުރިކޮށްލުމުގެ އިތުރުން، އޭނާގެ ގައިގައި އަލިފާން ޖެއްސުމާއި ތަޅައި އަނިޔާކުރުމުގެ ސަބަބުން ހަށިގަނޑުގެ ތަންތަން ނޫފައިގަނެ، އަދި ވައަތު ލޯވެސް ދުޅަވެފައި ހުރިކަމަށެވެ.

މީގެ އިތުރުން އެމީހާ ރަހީނުކޮށްގެން ގެންގުޅެފައިވާ ދެ އެޕާޓްމަންޓްގެ ތެރެއިން މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 5 މީހުންގެ އިތުރުން މިމައްސަަލައިގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ތިންކުދިންވެސް ހިމެނޭކަން ޝިފާއު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އަމާން
ކޮމެންޓ ޖެއްސަސް ނުޖެއްސަސް....ޙައްލަކީ ޢުމަރު......ހުކުމް ތަންފީޒު ކުރަން ކެރޭނެ....ކުރާނެ...އެހިތްވަރު ހުންނާނެ.
18 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.