Advertisement

މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) --

18 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ގެއްލުނު ތަސްލީމް ރާއްޖެއިން ބޭރަށް ދިޔަކަން އެނގޭކަށް ނެތް: ފުލުހުން

މާލެ އަތޮޅުގެ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނުކަމަށް، ރިޕޯޓްކޮށްފައިވާ ތަސްލީމް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން މިހާތަނަށް އެނގިފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލުނު މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަމުންދާ ކަމަށާއި، އޭނާ މައްސަލައިގައި އިންޓަރޕޯލްގެ ޔެލޯ ނޯޓިސް ނެރެފައި ވަނީ، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް ބަލައިގެން ނޫންކަމަށެވެ. އަދި އޭނާ ގެއްލުނު މަސައްލަގައި ހުރިހާ ދިމާއަކަށް ބަލައިގެންވެސް ތަޙްޤީޤު ކުރިޔަށް ގެންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތަސްލީމް ހޯދުމަށް އޭނާ ގެއްލުނު ކަމަށް ބުނާ ފަސްގަނޑު ހިމެނޭ ސަރަހައްދުވެސް ޑައިވްކޮށްގެން ބަަލަމުން ގެންދާ ކަމަށެވެ. 

އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، މާލެ އަތޮޅު ހުވަފެންފުށި ރިޒޯޓުކައިރީގައި ހިއްކާފައި އޮތް ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނުކަމަށް ބުނާ ތަސްލީމަށް ވީގޮތެއް މިހާތަނަށް ފުލުހުންނަށްވެސް އަދި ހޯދިފައެއް ނުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.