Advertisement

ފޭރުމުގެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވި މީހުން --

16 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރާވައިގެން މީހަކު ގެސްޓް ހައުސަކަށް ގެންގޮސް ފޭރުނު ދެމީހުންނަށް ދައުވާކުރަން ފޮނުވައިފި

މާލޭގެ ގެސްޓް ހައުސަކަށް ދިވެހި ފިރިހެނަކު ވައްދައި އޭނާއަށް ބިރު ދައްކައި ފޭރުނު މައްސަލައިގައި، ހައްޔަރު ކުރި އަންހެނަކާއި ފިރިހެނަކަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޭރުމުގެ އެ ޢަމަލު ހިންގި ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ. 

އެމީހުން ފޭރުމުގެ ޢަމަލު ހިންގާފައި ވަނީ، 2024 ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްގެ ތެރޭގައެވެ. އެގެސްޓް ހައުސްއަށް އެމީހުން ވަނީ އޮޅުވާލައިގެން ދިވެހި ފިރިހެނަކު ގެންގޮސް އެމީހާއަށް ތޫނު އެއްޗަކުން ބިރު ދައްކައި އޮރިޔާންކޮށް، އެމީހާގެ ވޮލެޓާއި އެކައުންޓްގައި ހުރި ފައިސާތައް ފޭރިގެންފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.