Advertisement

ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހާ ---

18 Sep 2024
ޚަބަރު

އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ހެދިގެން ބިދޭސީންގެ އަތުން ފޭރުނު  މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ގ. ބެރުގެ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބިދޭސީ އެއްގެ އަތުން 9000ރ ފޭރިގަތް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ. އޭނާ އާއެކު އެ ފޭރުމުގައި އިތުރު މީހަކުވެސް ބައިވެރިވި ކަމަށް ސޯޝަލްމީޑިއާގައި އަޑު ފެތުރުނު ނަމަވެސް އެމައްސަލައިގައި ހައްޔަރުކުރި ކަމަށް ފުލުހުން ހާމަކޮށްފައި ވަނީ ނަވީން އެކަންޏެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެެރެއިން ބިދޭސީން ވިޔަފާރިތައް ހިންގަމުން ގެންދާ ތަންތަނާއި އެމީހުން ދިރިއުޅޭ ތަންތަން ބަލައި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމުގެ އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.