Advertisement

ފުލުހުންގެ އިދާރާ --

16 Mar 2025
ޚަބަރު

ބޮޑު ފިރިހެނަކު ކުޑަ ފިރިހެންކުއްޖަކު ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ކުޑަ ފިރިހެން ކުއްޖަކަށް ބޮޑު ފިރިހެނަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ހުށައެޅި ބަލަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުުންގެ އިދާރާއިން މިހެން ވިދާޅުވީ، އުތުރުގެ އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެންގެ ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހައި، ބޮޑު ފިރިހެނަކު އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައިވޭތޯ ފުލުހުންގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މީގެ ދޮޅު މަސްކުރިން ހުށައަޅާފައިވާ ކަމަށެވެ. އެމައްސަލަ ހުށައަޅާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް އެމައްސަލަ އާއި ގުޅެ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނާއި ގުޅޭ ކުށުގެ މައްސަލަ ތަކުގައި އެކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުށުގެ ތުހުމަތުވާ ފަރާތްތަކުގެ މައުލޫމާތުވެސް ފުލުހުން އާއްމެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.