Advertisement

ފުލުހުންގެ މައި އިދާރާ --

11 Mar 2025
ޚަބަރު

ޤައުމީ ސަލާމަތަށް ނުރައްކާވެގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެ ބަޔާން ނެރުމަށްފަހު ކެންސަލްކޮށްފި

ޤައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ މާލޭގައި ކުރިއަށްގެންދާ ކަމަށް އިއުލާނުކޮށް ބަޔާނެއް ނެރުމަށްފަހު ފުލުހުން އެބަޔާން ކެންސަލްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ސަލާމަތީ ޚިދުމަތްތައް ގުޅިގެން މާލެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެކަން ހާމަކޮށް ފުލުހުން ބަޔާން ނެރުމާއި އެކު މީޑިއާތަކުން އެޚަބަރު ކަވަރކުރަމުން ދަނިކޮށް ފުލުހުން ވަނީ، ފުލުހުން ސޯޝަލް މީޑިއާ އެކައުންޓްތަކުން ބަޔާން ޑިލީޓްކޮށްފައެވެ.

ބަޔާން ޑިލީޓްކުރުމާއި ގުޅިގެން ނޫސްވެރިން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާއިން ވިދާޅުވީ، ބަޔާން ޑިލީޓު ކުރީ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. އަދި އެކަމާއި ގުޅޭ ސައްޙަ މައުލޫމާތު ފަހުން ޙިއްޞާކުރާނެ ކަމުގައި ފުުލުހުންގެ މީޑިއާ ގުރޫޕް މެދުވެރިކޮށް ފޮނުވި މެސެޖުގައި ވަނީ ބުނެފައެވެ.

ފުލުހުން ނެރުނު ބަޔާން ޑިލީޓްކުރި ނަމަވެސް މާލެ ސަރަހައްދުގައި ސަލާމަތީ ޚިދުމަތްތަކުން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.