Advertisement

ފޮޓޯ: ޕޮލިސް

27 Mar 2025
ޚަބަރު

ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު ސިފައިންގެ މީހަކުވެސް ހައްޔަރުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ޓަރމިނަލްގައި ހުންނަ ޑިއުޓީ ފްރީ ފިހާރަތުން ސިނގިރޭޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި ސިފައިންގެ މީހަކުވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ، ނ. ވެލިދޫ ގަސްކަރަ، މުހައްމަދު އައިހަމް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ޑިއުޓީ ފްރީ ފިހާރައިން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު މައްސަލައެއްގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައި ވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ހައްޔަރުކުރި މުހައްމަދު އައިހަމްއަކީ ސިފައިންގެ މީހެއްކަމެއް ކަމާއި ބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ބައެއް މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އޭނާއަކީ އެމްއެެންޑީއެފްގައި މަސައްކަތްކުރާ މީހެކެވެ.

މިހަފްތާގައި ފުލުހަކާއި އިތުރު މީހަކުވެސް ވަނީ ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ޢަހްމަދު
ވައްކަމުގައި އުޅެނީ ސިފައިންނާ ފުލުހުން އަވަދި ނެތި. ސާބަހޭ މިނިސްޓަރުން.
28 Mar 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.