Advertisement

ވޭންގައި ހުރި ފުޅިތައް ---

04 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް

ގިނަ ބަނގުރާ ފުޅުތަކަކާއެކު ބިދޭސީއަކު ހުއްޓުވައިފި

ބޮނަކުއާ ފުޅިތަކަކަށް ބަނގުރާ އަޅާއިގެން ވޭނެއްގައި ހުޅުމާލޭގައި ދުއްވަމުން ދިޔަ ބިދޭސީއަކު ފުލުހުން ރޭ ހުއްޓުވައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބަނގުރާކަމަށް ޝައްކުކުރެވޭ ފުޅިތަކެއް އަރުވައިގެން ހުޅުމާލޭގައި ދުއްވަމުން ދިޔަ މި ވޭނުގެ މަޢުލޫމާތު ބުރާސްފަތި ދުވަހުގެ ރޭގެ 21:45 ހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ.

އަދި މި ރިޕޯޓާ ގުޅިގެން މި ވޭން ހޯދާ ބަލާފާސްކުރިއިރު، ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ގިނަ ފުޅިތަކެއް ފެނިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން 500 މިލިލީޓަރުގެ 75 ފުޅި އެ ވެހިކަލްގެ ތެރެއިން ވަނީ ފެނިފައެވެ.

މި ވޭން ދުއްވަން އިނީ ނޭޕާލްއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ، ތިރުތާ ބަހާދުރް ކިޔާ ފިރިހެނެއްކަމަށް ވެސް ފުލުހުން ހާމަކޮށްފައި ވެއެވެ

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އެ ވެހިކަލް ވެސް ވަނީ މިހާރު ޓޯވކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންކަމަށް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.