Advertisement

11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް

ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ

މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ސްކޭމްތަކުގައި ހިމެނެނީ ޞައްޙަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މަޢުލޫމާތު ހޯދުން ފަދަ ކަންކަންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންނަށް ފާހަގަވިކުރެވުނު ކަންކަން:

- ފިޝިން މެސެޖްތަކާއި އީ-މެއިލްތައް: މިއީ ޓެމޫ ނުވަތަ ކުރިއާ ސާވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަ ނޫން މެސެޖުތަކެއް. މި މެސެޖުތަކުގައި އާންމުކޮށް ހިމެނެނީ އޯޑާގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަން ޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކުތައް.

- ކްރެޑިޓް ކާޑު ސްކޭމްތައް: މި ކަހަލަ ސްކޭމްތަކުގައި ސައްހަ ނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީ-މެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދާ.

- 2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވޭ. ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭ.

މި ސްކޭމްތަކުން ރައްކާތެރިވުމަށް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް ސަމާލުވުމަށާއި "ޕާރުސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަން ޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމަށާއި ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓާ އޮތެންޓިކޭޝަން (2FA) ބޭނުންކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް އަދި ހުރިހާ މުއާމަލާތުގެ ތަފްސީލާއެކު، އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އިރުޝާދު ދީފައިވެއެވެ.

ފުލުހުން ބުނީ ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ލަސްނުކޮށް އެ މައްސަލަ އެ އިދާރާ އާއި ކަމާބެހޭ އެހެން އިދާރާތަކަށް ރިޕޯޓުކުރަން ވާނެ ކަމަށާއި އަދި އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރަން ވާނެ ކަމަށެވެ.

އޮންލައިން ޝޮޕިންގައި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

- އޮންލައިން ޝޮޕިން އަށް ވަކި އީ-މެއިލް އެޑްރެހެއް ބޭނުންކުރުން.

- ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ކަހަލަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.

- އެޕްލިކޭޝަންތައް ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރު ކަހަލަ އިތުބާރު ހުރި ތަންތަނުން އެކަނި ޑައުންލޯޑް ކުރުން.

- އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާއެއް ބޭނުންކުރުން.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.