Advertisement

ފުލުހުންގެ ހައްޔަރު ކުރި 4 މީހުން --- ފޮޓޯ: ޕޮލިސް

09 Mar 2025
ޚަބަރު

ގެއަކަށްވަދެ އެގޭގެ ވެރިމީހާއަށް އަނިޔާކޮށް ބިރުދެއްކި ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއަަކަށް ވަދެ އެގޭގެ ވެރިމީހާއަށް އަނިޔާކޮށް ބިރުދެއްކި 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ) އާއި، ނ. މަނަދޫ ހަވޭލީ، މުހައްމަދު އަޒާން، (23އ) އާއި ނ. ވެލިދޫ އެލަސް، އިބްރާހިމް އަހުނަފް (21އ) އާއި އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ މެންދަމު 12:45 އެގެއަށް ވަދެ އެގެއަށް ގެއްލުންދީ ގޭގެ ވެރިމީހާއަށް އިންޒާރުތައް ދީފައިވަނިކޮށް ކުށުގެ ވެށިން ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުްރިމިނަލްކޯޓަށް ޙާޟިރު ކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާކަމަށެވެ. އަދި އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މި ހަތަރު މީހުން މާލޭގެ އެގެއަށް ވަދެ އެގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދައްކައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ. އެމީހުން އެގެއަށްވަދެ ބިރުދައްކައި އަނިޔާކުރީ ކޮން ސަބަބަކާއި ހުރެ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓް
ޢަހްމަދު
މީ ވަރުގަދަ ނުކުޅެދޭ ދައުލަތެއް
09 Mar 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.