Advertisement

އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު --- ފޮޓޯ: އެޗްޑީސީ

27 Mar 2025
ޚަބަރު

ގޯތި ވައްކަމުގެ ތުހުމަތުވި މީހުންނަށް އެޅި ފިޔަވަޅުތައް އުވާލައިފި

ގޯތި ވައްކަމުގެ ތުހުމަތުވި މީހުންނަށް އެޅި ފިޔަވަޅުތައް އުވާލައިފިއެވެ.

ވަގު ޑޮކިއުމެންޓް ބޭނުންކޮށްގެންނާއި، ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ހިމެނޭހެން އެޗްޑީސީގެ އިސްވެރިންނާއިކު ޖުމުލަ 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރިއެވެ. އެހެން ނަމަވެސް އެ އެންމެންގެވެސް ޕާސްޕޯޓުތައް ހިފަހައްޓައި ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ދޫކޮށްލާފައިކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް އެމައްސަލައިގެ ތަޙްޤިޤާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެކަށީގެންވާ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެމްޑަބުލިޔު އެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ފަޒީލް ރަޝީދުވެސް ހިމެނެއެވެ. އޭނާއަކީ، ވަގު ޑޮކިއުމެންޓްތަކެއް ހުށައަޅައިގެން ބިންވެރިޔާ ސްކީމުން ގޯއްޗެއް ލިބިފައި ނުވަނީސްވެސް ގޯއްޗެއް ހޯދާފައިވާ މީހެކެވެ. އޭނާއަށް ގޯތި ދިނުމުގައި ފަޟުލުގެ ބައިވެރިވުން އޮތްކަަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެމައްސަލަތައް ފެންމަތިވުމުން ފަޟުލް ވަނީ، މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ފަޟުލް ދިރިއުޅޭގެ ފުލުހުން ބަލައި ފާސްކޮށް އެގެއިން ނަގުދު ފައިސާގެ ގޮތުގައި ހުރި 1.4 މިލިޔަން ރުފިޔާ ހޯދިއެވެ. އެހެން ނަމަވެސް އެފައިސާ ފަހުން ފުލުހުން ވަނީ ފަޟުލްއާ ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.