Advertisement

ފުލުހުން ހައްޔަރު ކުރި މީހުން --: ފޮޓޯ: ޕޮލިސް

26 Mar 2025
ޚަބަރު

ޑިއުޓީފްރީން ސިނގިރޭޓް ބޭރުކުރި މީހުން ބަންދުން ދޫކޮށްލައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ޓަމިނަލްގައި ހުންނަ ޑިއުޓީފްރީ ފިހާރަތަކުން ގިނަ އަދަދެއްގެ ސިނގިރެޓް ބޭރު ކުރަން އުޅުނު މައްސަލައިގަ ހައްޔަރު ކުރި މީހުން ޝަރުޠުތަކާއި އެކު ކޯޓުން ދޫކޮށްލައިފިއެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ދަފްތަރު ނަމްބަރު ރސ 14358 އުމުރުން 38 އަހަރުގެ ޔޫސުފް ނަޛީރު އާއި މ. ސިލްވަރ ނެސްޓް އުމުރުން 45 އަހަރުގެ އަޙްމަދު އަފްޞަލް ކަމަށެވެ. އެދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން ޝަރުޠުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. މިމައްސަލައިގައިހައްޔަރުކުރި ނަޛީރަކީ ފުލުހެކެވެ. އެހެން ނަމަވެސް އޭނާ އާއި މެދު ފުލުހުންގެ އިދާރާއިން އެޅީ ކޮން ފިޔަވަޅެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޑަސްބިން ކޮތަޅުތަކެއްގައި އެމީހުން ވަނީ ޑިއުޓީފްރީން 140 ކާޓޫނު ސިނގިރޭޓް ބޭރުކޮށްފައެވެ. އެމީހުން ހުއްޓުވާފައިވަނީ ކަސްޓަމްސްއިންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.