Advertisement

ނަވީން، ފޮޓޯ: މިހާރު

27 Apr 2025
ޚަބަރު

ފަރުހާދުގެ ބަދަލުގައި އެކްޓިން ސީޕީއަކަށް ނަވީން ހަމަޖައްސައިފި

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރަން ނިންމި ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާ ހިންގުން ނަވީންއާ ހަވާލުކޮށްފައި މިވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ފުރަތަމަ މި ޒިންމާ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާއެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން އެ ނިންމެވުން ބަދަލުކޮށް ނަވީންއާ ހަވާލުކުރެއްވީއެވެ.

މި ބަދަލާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ފުލުހުން މިވަގުތު އެންމެ އިސްކަމެއް ދީގެން ހިންގަމުން ގެންދާ ތަހުގީގުތަކާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވީ ނަވީން ކަމަށްވާތީ ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ އިދާރާ ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވާނީ ނަވީން ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޝުޖާއު އިސްތިއުފާ ދެއްވިއިރު، މި މަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު ކުރިޔަށްގެންދާ ގޮތުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި "ދުލެއް ނުކުރާނަން" ނަމުގައި ސިލްސިލާކޮށް ޒުވާނުން ބާއްވަމުން އަންނަ އެއްވުމުގައި ވެސް ސީޕީގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.