Advertisement

ދަ ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގެ ތެރެއިން --

21 Jan 2025
ޚަބަރު

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު އަންނަމަހުގެ 15 ގައި

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު މިއަންނަ ފެބުރުއަރީ މަހުގެ 15 ދުވަހު ބޭއްވުމަށް ނިންމައި، ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަޤާމު ހުސްވެފައި ވަނީ، އެމަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވުމާއި ގުޅިގެންނެވެ. އެޕާޓީގެ ރައީސް ޙަސަން ލަޠީފާއި، ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައި އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ފައްޓަވާފައެވެ.

ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގައި ބާއްވާ އިންތިޚާބުގައި މެމްބަރުން ހޮވާނީ، ޕާޓީގެ ރައީސާއި، ޕާޓީގެ ފިރިހެން ނައިބު ރައީސްގެ މަޤާމަށެވެ. 

އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް މަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ، މިއަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ކަމުގައި އެޕާޓީން ވަނީ ހާމަކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އުފައްދާފައި ވަނީ 2023 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ. އެޕާޓީން ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް ކުރިމަތިލާންޖެހުނީ ބޮޑު ނާކާމިޔާބީއަކާއެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.