އަވަސްއަރުވާލައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދޭން ނިންމައިފި
އެކޮމިޝަނުން ބުނީ، 2023 ޖޫން 1 ވަނަ ދުވަހު “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަދޭން ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ފާސްވެފައިނުވާ ކަމަށެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ނުދޭން ނިންމި ކަމަށް މިއަދު ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރީ ރަނގަޅަށް ނޫންކަން ފާހަގަކޮށް، ކޮމިޝަނުން ބުނެފައި ވަނީ، ޕާޓީ ރެޖިސްޓަރީ ކުރުމާ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުން އެއީ ދެ މަރުހަލާއެއްގައި ހިނގާ ދެކަމެއް ކަމަށެވެ.