Advertisement

ރައްޔިތުންގެ މަޖިލިސް. ފޮޓޯ: ސޯޝަލް މީޑިއާ

12 Nov 2023
ޚަބަރު

ނަޝީދުގެ މައްސަލައިގައި ޑިމޮކްރެޓްސްއަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތައް ހަދަން ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ނިންމައިދިނުމަށް އެދިއްޖެއެވެ.

މަސްލަހަތު ފުށުއަރާތީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން އެ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދުނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް އަބްދުﷲއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ ތެރޭގައި ޑިމޮކްރެޓްސްގެ މެންބަރަކަށް ހިމެނިވަޑައިގަންނަވަނީ ހަމައެކަނި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އިކްރާމްގެ ހުށަހެޅުއްވުމާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ ވިދާޅުވީ އެ ހުށަހެޅުމަކީ ކޮމިޓީން ނިންމޭނެ ކަމެއް ނޫން ކަމަށާއި އެ ދެ މެންބަރުން ވެސް އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައިވާތީ އެގޮތަށް އެދި އާންމު ކޮމިޓީއަށް ފޮނުވޭނެ ކަމަށެވެ.

މި ގޮތަށް ފާސްކުރީ އިމްތިޔާޒާއި ސްލޫކީ ކޮމިޓީން މި މައްސަލާގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ އެގޮތަށް އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އީވާ އާއި ނަޝީދުގެ އޮތް އާއިލީ ގާތްކަމާ ގުޅިގެން މައްސަލައަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމާ އެކު، ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު މައްސަލަ ކުރިއަށް ގެންދަން މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑިމޮކްރެޓްސްގެ މެމްބަރު އަފީފް ނިންމެވީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ އަލުން ހުށަހެޅުމަށް އަންގައި ޖަލްސާ ނިންމާލާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.