Advertisement

ދަ ޑިމޮކްރެޓްސް ގެ ހަރުގެ ---

03 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބު ވުމުން، އެމަނިކުފާނަށް ޕާޓީއެއްގެ ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވުމަށްޓަަަކައި އެމަނިކުފާނުގެ ގާތް ބޭފުޅުން އުފައްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމުގައި، އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވާ ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެޖަލްސާ އޮންނާނީ، މިހިނގާ ޖުލައިމަހުގެ 5 ވާ ބުދަދުވަހުގެ ރޭ، 8:30ގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހޯލުގައެވެ.

ސިޔާސީ ޕާޓިއެއް އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއެ ހަމަކޮށްފައިވާތީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން، އެޕާޓީގެ މަސްޢޫލުވެރިޔާ ޙަސަން ލަޠީފަށް ދެއްވާފައި ވަނީ އިއްޔެއެވެ.

ދަ ޑިމޮކްރެޓްސްއަކީ ސީދާ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީ ޓިކެޓެއް ދެއްވުމަށް އުފައްދަވާ ޕާޓީއަކަށްވާއިރު، އެޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމުން، އެމްޑީޕީގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް އުފައްދަވައިގެން އުޅުއްވި ބޭފުޅުންނެވެ.

ރައީސް ނަޝީދުވެސް މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަމުގައި، އިއްޔެ އިޢުލާނުވެސް ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ކުރިން ރައީސް ނަޝީދު އެޕާޓީއަށް ސޮއެކުރައްވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.