Advertisement

ދަ ޑިމޮކްރެޓްސްގެ ނަމުގާއި ޕާޓީއެއް އުފެއްދުމަށް ޙަސަން ލަތީފަށް ޙުއްދަ ދިނުން ---

25 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ޖުލައި 2 ގައި ދަ ޑިމޮކްރެޓްސްއަށް ޖަލްސާ ބާއްވަން ހުއްދަ ދެނީ

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ޖުލައި 2 ވަނަ ދުވަހު ހުއްދަ ދިނުމަށް ނިންމާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ޙަބީބު މިހެން ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާނޭ ކަމުގައި، ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިހާރުވާނީ ދަންނަވާފައި ކަމަށެވެ.

ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ޖުލައި 2 ވަނަ ދުވަހު ހުއްދަ ދިނުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އެކަން އިޢުލާނު ކުރި އިރު، ޕާޓީ ރަޖިސްޓްރީކޮށް ނުދީގެން ކަމަށް ބުނެ ޖޫން 18 ވަނަ ދުވަހު، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ފަރާތްތަކުން ވަނީ، އިލެކްޝަންސް ކޮމިޝަނަށް ވަދެ އަޑު ގަދަކޮށް ނޫސްބަޔާންތައް ދީ ހަދާފައެވެ.

ސިޔާސީ ޕާޓިތައް އުފެއްދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ އިޖުރާޢަތްތަކާއި، މުއްދަތުތައް ޤާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ފަރާތްތަކުން ވަނީ، ޤާނޫނުގައި ބުނާ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައި ހުށައަޅަންޖެހޭ ޑޮކިއުމެންޓްތައްވެސް ހުށަ ނާޅައި، ޤާނޫނުތަކާއި އުސޫލުތަކުން ބޭރުން ޕާޓީ ރަޖިސްޓްރީ ކުރުމަށް ފިއްތުންތައް ކުރިމަތި ކުރުމަށް މަސައްކަތްކޮށްފައެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަނުން ޕާޓީ ރެޖިސްޓްރީ ނުކޮށްދޭ ކަމަށް ބުނެ ކޮމިޝަނާއި މެދު އާއްމުންގެ އިތުބާރު ގެއްލުވާލައި ރުޅިވެރިކަމާއި ނަފްރަތު ފެތުރުމަށް ނޫސްބަޔާންތަކާއި އިންޓަވިއުތައް ދީ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާފައިވެެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.