Advertisement

ރަސްދޫ ކައުންސިލްގެ ރައީސާ ނައިބު ރައީސް އަލުން އެމްޑީޕީއަށް ސޮއެ ކުރެއްވުން

05 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ދަ ޑިމޮކްރެޓްސްއާ ގުޅުނު ބައެއް މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ފަށަައިފި

ދަ ޑިމޮކްރެޓްސް އުފެއްދުމާއި އެކު އެޕާޓީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ދެ ރަށު ކައުންސިލް މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ.

ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ރަސްދޫ ކައުންސިލްގެ ރައީސް ނާހިދު އަދި އެކައުންސިލްގެ ނައިބު ރައީސް އަނިލްއެވެ. އެބޭފުޅުން ވަނީ، އަލުން އެމްޑީޕީއަށް ސޮއެކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެމްބަރޝިޕް ފޯމް އަރުވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވެވަޑައިގެންނެވުމުން، އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވުމަށްފަހުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ވަފާތެރި ބޭފުޅުން ލައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އެޕާޓީއަށް ސޮއެކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްގެ ހުރިހާ ކޮންޓްރޯލެއް ރައީސް ނަޝީދަށް އޮތް އިރު، އެޕާޓީއާ ގުޅިވަޑައިގެންނެވި އެހެން ބައެއް މެމްބަރުންވެސް ވަނީ އެޕާޓީ ދޫކުރަން ފަށާފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ގޮތުގައި ތިބުން އިޚްތިޔާރު ކުރަން ފަށާފައެވެ.

ރައީސް ނަޝީދަށްޓަކައި އެމަނިކުފާނުގެ ގާތްބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްގައި އަދި 5000 މެމްބަރުންވެސް ހަމަ ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.