Advertisement

އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

18 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އަވަސްއަރުވާލައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދޭން ނިންމައިފި

ދަ ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ޕްރެޝަރު ކުރި ނަމަވެސް، ޤާނޫނުގައި ދީފައިވާ މުހުލަތު އޮއްވައި އަވަސް އަރުވާލައިގެން، އަދި ފޯމްތައް މުޅިން ޕްރޮސެސްކޮށް ނުނިންމައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ދަ ޑިމޮކްރެޓްސްއަށް ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން ބުނީ، 2023 ޖޫން 1 ވަނަ ދުވަހު “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަދޭން ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ފާސްވެފައިނުވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ނުދޭން ނިންމި ކަމަށް މިއަދު ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރީ ރަނގަޅަށް ނޫންކަން ފާހަގަކޮށް، ކޮމިޝަނުން ބުނެފައި ވަނީ، ޕާޓީ ރެޖިސްޓަރީ ކުރުމާ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުން އެއީ ދެ މަރުހަލާއެއްގައި ހިނގާ ދެކަމެއް ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފޯމްތައް ހުށައެޅީ މިޖޫން މަހުގެ 1 ވަނަ ދުވަހުގައި ކަމަށްވާއިރު، ބަންދު ދުވަސްތަކާއި އެކު މިއަދަށްވީ 18 ދުވަހެވެ. އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލާޒިމްކޮށްފައި އޮންނަނީ އެންމެ ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި ޕާޓީ ރެޖިސްޓްރީ ކުރުމަށް، ބާއްވާންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށެވެ.

ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމާއިއެކު އެމަނިކުފާނަށް ރިޔާސީ ޓިކެޓެއް ހޯއްދަވައި ދެއްވުމަށް އުފައްދަވާ ޕާޓީއެއް ކަމަށް ވަނީ ބެލެވިފައެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެޕާޓީން ބުނި ނަމަވެސް ރިޔާސީ އިންތިޚާބަށް ހުޅުވާލައި، ކެންޑިޑެންސީ ހުށައެޅުމުގެ ވަގުތާއި ހަަމައަށް އެޕާޓީ ރެޖިސްޓްރީ ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިދާނެކަމަކަށް މިހާރަކު ނުބެލެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.