Advertisement

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ---

06 Nov 2023
ޚަބަރު

އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން ސްޕްރީމްކޯޓުގައި ކުރިޔަށް ދިޔަ މައްސަލައިގެ އަޑުއެހުންތައް މިއަދު ނުނިމުނީ ޑިމޮކްރެޓްސްގެ ސަބަބުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން ސްޕްރީމްކޯޓުގައި ކުރިޔަށް ދިޔަ މައްސަލައިގެ އަޑުއެހުންތައް މިއަދު ނުނިމުނީ ޑިމޮކްރެޓްސްގެ ސަބަބުންކަން ހާމަވެއްޖެއެވެ.

ރައީސް ނަޝީދު ނިސްބަތްވާ ޕާޓީން އެމަައްސަލައިގެ ތެރެއަށް ތަދައްޚުލްވީ އިއްޔެއެވެ. އެޕާޓީގެ ވަކީލު ކޯޓުގައި ބުނީ، މައްސަލައާގުޅޭ ލިޔެކިޔުންތައް ޕާޓީއަށް ލިބުނީ ރޭ 10:00 ހާއިރުގައި ކަމަށެވެ. އެހެންވެ އެޕާޓީން ހުށައަޅަން ބޭނުންވާ ނުކުތާތައް ހުށައެޅުމަށް މިއަދަށް ތައްޔާރު ނުވެވޭކަމަށް ބުނެ މާދަމާ ފުރުޞަތެއް ދިނުމަށް އެޕާޓީގެ ފަރާތުން އެދުނެވެ. އެހެންވެ ސްޕްރީމްކޯޓުގެ ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ވަނީ އެފުރުޞަތު ދެއްވުމަށް ނިންމަވައި މާދަމާ 9:00ގައި އެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތި މަޖިލީހުގައި ވަނީ މަރުތަޅު އެޅުވިފައެވެ. ޢިތުބާރުނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވިގެން އުޅެނީ މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި އުފެދިފައިވާ ޚިލާފުތަކުގެ ސަބަބުންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ޢިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސަކީ، ރައީސް ނަޝީދުވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރު އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ ޢަބުދުﷲއެވެ.

މަޖިލީހުގެ ޖަލްސާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާއެކު މަޖިލީހަށް ވަޑައިނުގެން، އީވާ ގެންދަވަނީ ކޮންމެ ދުވަހަކުވެސް މަޖިލީހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަމުންނެވެ. އާލާސްކަންފުޅާއި އުޅުއްވާކަމަށް ވިދާޅުވެ، އީވާ މަޖިލީހަށް ސަލާމްފޮނުއްވަމުން ގެންދަވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށް ކަމަށް އެމްޑީޕީ މެމްބަރު ތުހުމަތު ކުރައްވައެވެ.

އެހެންވެ އެމްޑީޕީން ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލަ ހުށައަޅާފައި ވަނީ، މަޖިލީހުގެ ނައިބު ރައީސް ފިޔަވައި، އެހެން މެމްބަރަކަށްވެސް މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އިތުބާރު ނެތް މައްސަލައިގެ ރިޔާސަތު ބަލަހައްޓައި ޖަލްސާކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.