Advertisement

ދަ ޑިމްކޮސްރެޓްސް އުފެއްދުމުގެ ހުއްދަދީ ލިޔުން ހަވާލުކުރުން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

24 May 2023
ޚަބަރު
ޢަލީ ސުލައިމާން

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަދީފި

"ދަ ޑިމޮކްރެޓްސް"ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހ.ސީވީޑް، ހަސަން ލަތީފަށް ކޮމިޝަނުން އިލެކްޝަންސް ކޮމިޝަނުން މިއަދު ދީީފިއެވެ.

މިއީ ރައީސް ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ތެރޭގައި އުފެއްދެވި ފިކުރެއްގެ ދިރުމުގައި އިސްކޮށްތިއްބެވި ބޭފުޅުން އެމްޑީޕީން ވަކިވެ އުފައްދާ ޕާޓިއެކެވެ. އެފެކްޝަނާއި އެކު މަސައްކަތް ކުރި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ 1 މެމްބަރަކު ޕާޓީން ވަކިވެފައިވާ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާކޮމިޓީން ނިންމާފައި ވާއިރު، މިދިޔަ ބުދަ ދުވަހު އެފެކްޝަންގައި ހިމެނޭ އެމްޑީޕީގެ އިތުރު 12 މަޖިލިސް މެމްބަރަކު ވަނީ އެމްޑީޕީން ވަކިިވެވަޑައިގެންފައެވެ.

ދަ ޑިމޮކްރެޓްސް އަކީ، ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ހޯއްދަވައިދެއްވުމުގެ ގޮތުން އުފައްދާ ޕާޓީއެއްކަމުގައި ގިނަބަޔަކު ޤަބޫލު ކުރެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއިއެކު މިއަދު އެޕާޓިން ވަނީ ޕާޓީއަށް 3000 މެމްބަރުން ހަމަކުރުމަށްޓަކައި ސޮއެ ހޯދައި ފޯމްފުރަން ފަށާފައެވެ. 

މުރާސިލުން އަންދާޒާކުރައްވާ ގޮތުގައި ރައީސް ނަޝީދު ފިކުރެއްގެ ދިރުމާއި އެކު ޕާޓީ އުފެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަވަޑައި ނުގަންނަވާ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި އެމަނިކުފާނަށް ގެއްލިވަޑައިގަންނަވާނެތީއެވެ. މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝިދު އިންނެވީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި ނަމަ، އެމްޑިޕީގެ މެމްބަރުން ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ވަކިކުރައްވާނެއެވެ. ރައީސް ނަޝީދާއި ނުލައި ފިކުރެއްގެ ދިރުމުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންނެވެ. ރައީސް ނަޝީދާއި ނުލައި، އަދި އިދިކޮޅު މެމްބަރުންނާއި ނުލައިވެސް އެމްޑީީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެބަ އޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.