Advertisement

ދަ ޑިމޮކްރެޓްސްގެ ރެޖިސްޓްރީ ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --

12 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އިލެކްޝަންސް ކޮމިޝަނުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދީފި

އިލެކްޝަންސް ކޮމިޝަނުން ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފިއެވެ.

އެކޮމިޝަނުން ބުނީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން "ދަ ޑިމޮކްރެޓްސް" މި ނަމުގައި ސިޔާސީ ޕާޓީއެއް މި ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި 2023 ޖުލައި 12 ވީ ބުދަ ދުވަހު މިއަދު ރަޖިސްޓަރީކޮށްދީފައިވާ ކަމަށެވެ.

އެކޮމިޝަނުން ބުނީ، " ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ހިމަނާފައިވާ ކަމަށެވެ. އަދި ދަޑިމޮކްރެޓްސްގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ ބައްދަލުވުމެއްވެސް މިއަދު ވަނީ ބާއްވާފައެވެ.

ދަ ޑިމޮކްރެޓްސްއަކީ، 28 ޖެނުއަރީ 2023ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ނަޝީދަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ ތެރޭގައި، ރައީސް ނަޝީދު އުފެއްދެވި، ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން އުފެއްދި ޕާޓީއެކެވެ. އެޕާޓީ އުފެއްދުމުގެ ބޭނުމަކީ، ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ޕާޓީ ޓިކެޓެއް ހޯދައިދިނުން ކަމުގައި ވަނީ ބެލެވިފައެވެ. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ނަޝީދު ނުކުންނަވާނެ ކަމަށް ބެލެވިފައިވާއިރު، އެމަނިކުފާހު ބުރާސްފަތި ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއަށް ސޮއެކުރައްވާނެ ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.