Advertisement

ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް ޕާޓީ އުފެއްދުމުގެ ހުއްދައިގެ ލިޔުން ހަވާލުކުރުން --

02 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަދީފި

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

އެހުއްދަ މިއަދު ދެއްވާނެކަން ޢީދު ބަންދު ތެރޭގައިވެސް، ޙަބީބު އޮތީ ވިދާޅުވެފައެވެ.

ޕާޓީ އުފެއްދުމަށް 3500 މީހުންގެ ސޮޔާއިއެކު، ދަ ޑިމޮކްރެޓްސްއިން ފޯމްތައް ހުށައެޅީ، ޖޫން 1 ވަނަ ދުވަހުގައެވެ. ފޯމްތައް ޗެކްކޮށް، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނަށް ލާޒިމް ވަނީ 3 މަސްދުވަހުގެ ތެރޭގައި ނަމަވެސް، ޕާޓީ ރަޖިސްޓްރީ ނުކޮށްދީގެން ކަމަށް ބުނެ، ޖޫން 18 ވަނަ ދުވަހު، ދަ ޑިމޮކްރެޓްސްއިން ވަނީ، އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާއަށް ވަދެ ހަމަނުޖެހުންތައް ހިންގާފައެވެ.

އަޑު ފެތުރިފައިވާ ގޮތުގައި، ދަ ޑިމޮކްރެޓްސް އަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބާއި ކުރިމަތިވެވަޑައިގެންނެވި، ރައީސް މުހައްމަދު ނަޝީދަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީ ޓިކެޓެއް ހޯދައި ދިނުމުގެ ގޮތުން އުފައްދާ ޕާޓިއެކެވެ. ރައީސް ނަޝީދު މިހާރު އެމްޑީޕީން ވަކިވެވަޑައިގެންފައި ވާއިރު، ދަ ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތް ކުރައްވަމުން ދަނީ، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު އުފެއްދެވި، ފިކުރެއްގެ ދިރުމުގައި ހިމެނޭ ބޭފުޅުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.