Advertisement

ރައީސް ޞާލިހާއި ރައީސް ނަޝީދު ރަށްވެހި ފަތިސް ކެމްޕޭންގެ ތެރޭގައި / ފޮޓޯ: ޝިފާޒް (އެކްސް)

05 Apr 2025
ރައީސް މުޙައްމަދު ނަޝީދު

އެންމެ ރަގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ މޯލްޑިވިއަން ޑިމޮކްރަޓްސް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެއީ މިވަގުތު ރާއްޖެއަށާއި، އެމްޑީޕީއަށް އަދި ޑިމޮކްރެޓްސްއަސް ވެސް އެންމެ ރަގަޅު ގޮތް ކަމަށެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓް

ޑިމޮކްރެޓްސް އުފައްދާފައި ވަނީ އެމްޑީޕީގައި ކުރިން އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި އެކުގައެވެ. ސީދާ ރަސްމީކޮށް އެކުގައި މަސައްކަތް ނުކުރި ނަމަވެސް ޤާނޫނުއަސާސީ ދިފާއުކުރުމާއި، ވެރިކަމުގެ ބާރުތައް ވަކިވެފައި އޮތުމާއި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުން ފަދަ ކަންކަމުގައި މި ދެ ޕާޓީގެ ޚިޔާލު އެއް ގޮތްކަން ފާހަގަކުރެވެއެެވެ.

ޑިމޮކްރެޓްސް އެފެދުނީ އެމްޑީޕީގެ ޗެއާރޕާސަން އިންތިހާބަށް ކެމްޕެއިން ކުރިއިރު އުފެދުނު ހިޔާލުތަފާތުވުންތަށް ގޯހުން ގޯހަށް ގޮސް، އެމްޑިޕީގެ ރިޔާސީ ޓިކެޓު ހޯދުމަށް ޕާޓީގެ އެތެރޭގައި ބޭއްވި އިންތިހާބުން ރައީސް ނަޝީދު ބަލިވުމަށްފަހު، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެންނެވެ.

ކޮމެންޓް
ޖާނޭ
އެއްގޮތަކަށްވެސް އަންނިސޮރާނުގުޅޭތި ވެރިކަންނުލިބުނަސް
05 Apr 2025
ރީކޯ އަމީނާ
މޮޅު ގޮތަކީ ދެ ޕާރޓީ އުވާލުން.
06 Apr 2025
ކައްދަކަލޯ
މީހަކު ފަހެހައިރާނެއްނުވާނެތައް މިކަލޭގެ މަކަރުވެރިކަމާމެދު
06 Apr 2025
އެފް ޒޑް
މ.ނަޝީދު އެންޑީޕީ އާއިގުޅުމަކީނަޝީދުއަށް ކުރެވޭ އެއްމެބޮޑު ކޮސްކަން ނަޝީދުގެ އެއްބާރުލުމާއި އެކު އެންޑީޕީއަށް ވެރިކަންލިބުމުންވީގޮތް ހަދުމަނެތުނީތޯ؟މޫމިނެށްގެ ގަޔަށްއެއްހަރަކުންދެކައްޓެށް ނެހެރޭނެ.
06 Apr 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.