Advertisement

03 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ޑިމޮކްރެޓްސްގެ ޕްރައިމަރީ ކާމިޔާބުކުރީ ސައިފްއާ ފިރުޝާން

ދަ ޑިމޮކްރެޓްސް އިން ވިހި ވަނަ މަޖިލީހުގައި ވާދަކުރާ ދެ ދާއިރާއަކަށް އެއް ކެނޑިޑޭޓަށް ވުރެން ގިނަ ކެނޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާތީ، އެ ދެ ދާއިރާއިން ކުރިމަތިލާނެ ބޭފުޅަކު ކަނޑައެޅުމަށް މިއަދު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ސައިފްއާ ފިރުޝާންއެވެ.

ނަވާރަ ވަނަ  މަޖިލީހުގައި މަޑަވެލި ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންވަދާ ފިރުޝާން މިއަދުގެ ޕްރައިމަރީ ކާމިޔާބުކޮށް، މިފަހަރު ވާދަކުރައްވަން ނިންމާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. މި ދާއިރާގައި ވާދަކޮށްފައިވަނީ ދެ ކެނޑިޑޭޓުންނެވެ. އަދި މި ދާއިރާގެ ޓިކެޓު ފިރުޝާން ކާމިޔާބު ކުރެއްވީ 74 ވޯޓު ހޯއްދަވައިގެންނެވެ.

ހެންވޭރު ދެކުނު ދާއިރާއަށް ވެސް ކުރިމަތިލާފައިވަނީ ދެ ކެނޑިޑޭޓުންނެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި މާލޭ ސިޓީ މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ވެސް ވާދަކުރި، ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިޙް ވަނީ ޖުމްލަ 27 ވޯޓުގެ ތެރެއިން 15 ވޯޓު ހޯދާ، ޓިކެޓު ކަށަވަރުކޮށްފައެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުޅުވާލި ފުރުސަތުގައި 41 ދާއިރާއަކަށް ކެނޑިޑޭޓުންވަނީ ކުރިމަތިލާފައެވެ. އަދި އޭގެ ތެރެއިން ޕްރައިމަރީއަކާ ނުލައި 39 ދާއިރާއެއްގެ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު އެކަމަށް އެދި ހުށަހަޅާފައިވާ ނުވާ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ވަނީ ދީފައެވެ. އެގޮތުން، ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމުގެ ސުންގަނޑި އެއްކަމަށް ކަނޑައަޅާފައިވަނީ 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ. މި ދާއިރާތަކަށް އެއް ކެނޑިޑޭޓަށް ވުރެން ގިނަ ކެނޑިޑޭޓުން ކުރިމަތިލި ނަމަވެސް، ވަގުތު ނެތުމާއެކު ޕްރައިމަރީއަކާ ނުލައި ޓިކެޓު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފަނީ ޕާޓީ ރައީސްގެ ކައުންސިލުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.