Advertisement

ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން --

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިހުމާލުވި ފަރާތްތަކުގެ މަސައްލަތައް ބެލުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފި

ގއ. ވިލިގިލީ އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހް ޚާލިދުގެ ބަލިހާލަތު ބޮޑުވެގެން އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައި ވަނިކޮށް، އެގޮތަށް އަމަލުކުރުން ލަސްކުރުމުގެ ސަބަބުން އެކުއްޖާ ނިޔާވި ހާދިސާގައި އިޙްމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.

ރައީސް ނަޝީދަށް ވަފާތެރި ބޭފުޅުންކޮޅެއް ގުޅިގެން އުފައްދާފައިވާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނުގައި ބުނީ، އަވަހަށް ފަރުވާލިބެންޖެހޭ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ވާހަކަތަކުން ވެސް އެކަމުގައި އިހުމާލުވެފައިވާ ކަން އެނގޭ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްއްދުތަކުގައި ސިއްޙީ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ވެސް ލިބެން ނެތުމާއެކު، ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދުވެސް އިނގޭއިރު، ބަލިމީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމްކަމަށެވެ. އަދި އެންމެ ފަހުން މި ހިނގި ހިތާމަވެރި ހާދިސާއިން އިނގެނީ އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަންކަމަށާއި، މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އިނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގަވައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެޕާޓީން ގޮވާލާކަމަށެވެ.

އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްވެސް އެޕާޓިން ގޮވާލާކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު (13އ) ނިޔާވީ، ސިއްޙީ އެމާޖެންސީ ކުއްލަި ހާލަތުގައި، ގއ. އަތޮޅު ހޮސްޕިޓަލުން، މާލޭގައި ހުންނަ އައިޖީއެމް ހޮސްޕިޓަލަށް ރިފަރ ކުރުމުން، މާލެއަށް ގެނައުން ލަސްވެ އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަަބަބުން ކަމުގައި އާއިލާއިން ތުހުމަތުކޮށްފައިވެއެވެ. އަދި އެކުއްޖާ މާލެއަށް ގެނައުމަށް ކުރި މަސައްކަތްތަކުގައި ލަސްވެގެން ދިޔައީ، ކޮމާޝަލް ފްލައިޓެއްގައި ކުއްޖާ މާލެ ގެނައުމަށް މަސައްކަތްކޮށް، އެފްލައިޓަށް ދިމާވި މައްސަލައިގެ ސަބަބުން ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ. އެހެންވެ އަލުން ފްލައިޓެއް ޗާޓަރުކޮށްގެން އެކުއްޖާ ކޫއްޑޫ މަގުން މާލެއަށް ގެނެވުނީ، ހޮސްޕިޓަލުން ކުއްޖާ މާލެއަށް ގެންގޮސްދިނުމަށް އެދުނުތާ 12 ގަޑިއިރާއި 12 މިނިޓްފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.